ހަށިގަނޑުން ބައެއް އައްސިކޮށްލުން
Appearance
ހަށިގަނޑުން ބައެއް އައްސިކޮށްލުން(އިނގިރޭސި ބަހުން: Regional Anaesthesia) އަކީ ހަށިގަނޑުން ބައެއް ނުވަތަ ވަކި ގުނަވަނެއް އައްސިކޮށްލުން އެވެ. މިއީ އައްސިކޮށް ނޭތެއްމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ވައްތަރެކެވެ. މީގެ ތެރޭގައި:-
- ބުރަކަށީގައި އުނަގަނޑާއި ދިމާލުން ތިރީ ބަދަތަކުގެ ކައިރިއަށް އިންޖެކްޝަންޖަހައި އައްސިކުރުން
- ހަށިގަނޑުގެ ވަކި ބަޔަކަށް ސަޕްލައިކުރާ ނާރުތަކުގެ ކައިރިއަށް އިންޖެކްޝަންޖަހައި އެބައި އައްސިކުރުން
މިވައްތަރުގެ އައްސިކޮށްލުން ބޭނުންކުރެވޭ ބައެއް ހާލަތްތައް
- ބަނޑުގައިވާ ދަރިފުޅު ނެގުމަށް ކުރެވޭ އޮޕަރޭޝަން
- ފޫޅުގެ ތިރިން ބަނޑުން ނުކުންނަ ހާނިޔާ އޮޕަރޭޝަންތައް
- ފައިގެ ކަށީގެ އޮޕަރޭޝަންތައް
އައްސިކުރުމުގެ ވައްތަރު ކަނޑައެޅުމުގައި ބެލެވޭ ކަންތައްތައް
[އުނިއިތުރު ގެންނަވާ]- ފާއިތުވި އަދި މިހާރުގެ ޞިއްޙީ ޙާލަތު
- ކުރިން އޮޕަރޭޝަނެއްކޮށްފައިވޭތޯ ބެލުން
- ކުރިން ހެދުނީ ކޮންވައްތަރެއްގެ އައްސިކުރުމެއްތޯ ބެލުން
- ދިގުމުއްދަތެއްގައި ބޭސް ބޭނުންކުރަންޖެހޭ ބައްޔަކަށް ބޭސް ބޭނުންކުރޭތޯ ބެލުން
- ފުއްޕާމޭ، ހިތް، ފުރަމޭ، ގުރުދާގެ ބަލިތަކަށް ބޭސްކުރޭތޯ ބެލުން
- އޮޕަރޭޝަންކުރަނީ ކީއްވެގެންކަމާއި ކުރަނީ ކޮން ކަހަލަ އޮޕަރޭޝަނެއްކަން
- އޮޕަރޭޝަން ކުރުމުގެ ކުރިން ހަދާފައިވާ ޓެސްޓްތަކާއި ތަފާތު އޮޕަރޭޝަން ފަދަ ތަކެތީގެ ރިޕޯޓް