Jump to content

ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
07:37, 21 ސެޕްޓެމްބަރު 2015 އިން ފެށިގެން EmausBot (ޚިޔާލު ސަފްޙާ | ޙިއްޞާ) (Bot: Migrating 1 interwiki links, now provided by Wikidata on d:Q16057942) އިށް އިސްލާހުކުރުން
ޑރ ޢަބުދުލް މަޖީދު ޢަބުދުލް ބާރީ


ޑރ ޢަބުދުލް މަޖީދު އަބުދުލް ބާރީ އަކީ ތަފްސީރު ޢިލްމުން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޢަބުދުލް މަޖީދު ބާރީ ޕީއެޗްޑީ ހެއްދެވީ ސަޢޫދީ އަރަބިއްޔާގެ މަދީނާ ޔުނިވަސިޓީގައެވެ. 2008 ވަނަ އަހަރުގެ ނޮވެމްބަރު 11ގައި އުފެދުނު އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ގޮތުގައި އަދާ ހަމައަށް ހުންނެވީ ޑރ. ޢަބްދުލްމަޖީދެވެ.

ތިރީގައި މިވަނީ ޑރ ޢަބްދުލްމަޖީދުގެ ވަނަވަރެވެ. މި ވަނަވަރުގެ މަޞްދަރަކީ ޑރ ޢަބްދުލްމަޖީދުގެ ރަސްމީ ވެބްސައިޓެވެ. ވެބް އެޑްރެހަކީ www.drabdulmajeed.com

ނަން : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ދާއިމީ އެޑްރެސް: ހ. ލަންޓަން . ޖަނަވަރީމަގު. މާލެ

މިހާރުގެ އެޑްރެސް: މ. ނަނައިމޯ، ކެނެރީމަގު. މާލެ

އުފަން ރަށާއި އެޑްރެސް: ކަނީރުމާގެ، ސ. ހުޅުދޫ

ބައްޕަގެ ނަން: އައްޝައިޚް ޢަބްދުލްބާރީ –رحمه الله- ، ކަނީރުމާގެ، ސ.ހުޅުދޫ

އަދާކުރާ ވަޒީފާ: މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް

ތަޢްލީމީ ފެންވަރު:

ބީ. އޭ (ދަޢުވާ، އުޞޫލުއްދީން "ތިއޮލޮޖީ" / މަދީނާ 1989)

އެމް. އޭ (ތަފްސީރު"އިންޓަރޕްރިޓޭޝަން އޮފް ޤްރުއާން"،

އުލޫމުލް ޤުރުއާން / މަދީނާ 1994)

ޕީ. އެޗް. ޑީ (ތަފްސީރު"އިންޓަރޕްރިޓޭޝަން އޮފް ޤްރުއާން"، އުލޫމުލް ޤުރުއާން / މަދީނާ 1999)


މަސައްކަތުގެ ތަޖްރިބާ:

ޑިރެކްޓަރ އިސްލާމީކަންތައްތަކާބެހޭ އެންމެމަތީ މަޖިލިސް 01 ނޮވެމްބަރ 1999 – 11 ޑިސެމްބަރ 2000

މުދީރު ކީރިތި ޤުރުއާނާބެހޭ މަރުކަޒު 12 ޑިސެމްބަރ 2000 – 2006 ޑިސެމްބަރ 22 އަށް

މިނިސްޓަރ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް 12 ނޮވެމްބަރ 2008 އިން ފެށިގެން


ކިޔަވައިދިނުމުގެ ތަޖްރިބާ: 9 އަހަރ

ސިޔާސީ ބައިވެރިވުން:

ޢަދާލަތު ޕާޓީގެ ފައުންޑަރ މެމްބަރ

ޢަދާލަތު ޕާޓީގެ ފުރަތަމަ ވަގުތީ ރައީސްކަން

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން

ޢިލްމީ ބައިވެރިވުން: ދިވެހިރާއްޖޭގެ ފިޤްހު އެކަޑަމީގެ ރައީސްކަން

ޝައުޤުވެރިކަން : ޢިލްމީ ރިސާޗްކުރުން