Jump to content

މައްކާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
މި މަޒުމޫނު ބިނާވެގެންވަނީ ސައޫދީ އަރަބިއްޔާގެ ޝަހަރުގެ މައްޗަށެވެ. މައްކާ، މި ބަސް ބޭނުން ކުރެވިފައިވާ އެހެން ޙާލަތްތައް ބައްލަވާ ލެއްވުމަށް މައްކާ (އެހެނިހެން ޙާލަތްތަކުގައި)، މި ޞަފްޙާއަށް ވަޑައިގަންނަވާށެވެ.
މައްކާ
Makkah al-Mukarramah
مكة المكرمة
Skyline of މައްކާ Makkah al-Mukarramah مكة المكرمة
Skyline of މައްކާ
Makkah al-Mukarramah
مكة المكرمة
Location in the Kingdom of Saudi Arabia
Location in the Kingdom of Saudi Arabia
Location in the Kingdom of Saudi Arabia
އޮތްތަން: 21°25′N 39°49′E / 21.417°N 39.817°E / 21.417; 39.817
Province Makkah
ސަރުކާރު
 - Mayor Usama Al-Barr
އަކަމިން
 - ޝަހަރު 26 އަކަކިލޯމީޓަރު  (10 އަކަމޭލު)
އުސްމިން 277 މީޓަރު (908.8 ފޫޓު)
އާބާދީ (2004)
 - ޝަހަރު 1,294,168

މައްކާ (ޢަރަބިބަހުން: مكة المكرمة) އަކީ ތާރީޚީ ޙިޖާޒުގެ ސަރަޙައްދުގައިވާ ސައޫދީ އަރަބިއްޔާގެ މަންޠިޤާ މައްކާ ގެ ވެރި ރަށެވެ. 2004 ގެ ބޯހިމެނުމުގައި ބުނާގޮތުން މައްކާގެ އާބާދީއަކީ 1،294،167 މީހުންނެވެ. މައްކާ އޮތީ ޖިއްދާއާ 73 ކިލޯމީޓަރު (45 މޭލު) ދުރުގައި، އިބްރާހީމް ވާދީގައި ކަނޑުގެ ސަޠުހުން 277 މީޓަރު އުހުގައެވެ. ރަތްކަނޑާއި މައްކާއާ ހުރި ދުރުމިނަކީ 80 ކިލޯމީޓަރެވެ.

މި ޝަހަރުގައި މުސްލިމުންގެ އެއްމެ މުޤައްދަސް ޙަރަމްފުޅު ހުރުމުގެ ސަބަބުން އަދި ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު ޢުމުރުން އެއްފަހަރު މި ޙަރަމްފުޅަށް، ޙައްޖުވާން އަންނަން ޖެހޭތީ، މި ޝަހަރު ވެފައިވަނީ މުސްލިމުންގެ ޤަދަރު ވަރަށް މަތިވެރި ދަރަޖައަކަށް ދެވިފައިވާ ޝަހަރަކަށެވެ.

މުސްލިމުންގެ ނަބިއްޔާ މުޙައްމަދުގެފާނު އުފަންވެވަޑައިގަތީވެސް މި ޝަހަރުގައެވެ. އެކަލޭގެފާނަކީ މައްކާގެ ޤަދަރުހުރި ޢާއިލާއަކުން ވަޑައިގަތް ބޭކަލެކެވެ. އެކަލޭގެފާނުގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު މައްކާގެ ވެރިކަން ކުރެއްވިއެވެ. ހަމަ އެފަދައިން އެކަލޭގެފާނުގެ އެހެން ކައުބަފައިންނަކީ ވެސް މައްކާގެ ބޮޑުންގެ ތެރެއިން ހިމެނިގެންވާ ބޭފުޅުންނެވެ.

ޝަހަރު

މައްކާ ވަނީ ކަނޑުގެ ސަޠުހުން 277 މީޓަރު އުހުގައެވެ. މި ޝަހަރު އޮތީ ފަރުބަދަތަކެއްގެ ދެމެދުގައެވެ. މައްކާގެ ޝަހަރު ބިނާވެގެންވަނީ މަސްޖިދުލްޙަރާމް ގެ ވަށައިގެންވާ ސަރަޙައްދުގައެވެ. މިސްކިތުގެ ކައިރީގައިވާ ހިސާބުތައް ނިސްބަތްވަނީ މުސްކުޅި ޝަހަރަށެވެ. މިސްކިތުގެ ކައިރީގައި ހުރި ގެތައް ނަގައި އެތަންތަން ވަނީ ފުޅާ މަގުތަކަށް ބަދަލުކުރެވިފައެވެ. މީހުން އުޅޭ އެކުވެނިތައް ގިނައީވެސް މުސްކުޅި ޝަހަރުގައެވެ. މި ޝަހަރުގައި ޤަދީމީ ގޮތަށް ތަނުގެ ހިލަ ބޭނުންކޮށް ގެން ދެ ބުރި އަށާއި ތިން ބުރި އަށް ޢިމާރާތްކޮށްފައިވާ ގެތައް ވެއެވެ. އަދި ޙައްޖު ކޮށް ނިމިގެން އަމިއްލަ ރަށަށް ދެވޭނެ ފަދައެއް ނެތް ފަޤީރުން ދިރިއުޅޭ ޖިފުޓިތައް ވެސް މަދުމަދުން ހުރެއެވެ. [1]

ދަތުރުފަތުރު

މައިގަނޑު ގޮތެއްގައި ލިބޭ ޚިދުމަތަކީ ޙައްޖާ ގުޅޭ ގޮތުން ފޯރުކޮށްދެވޭ ދަތުރުފަތުރުގެ ޚިދުމަތެވެ. މައްކާގައި ވައިގެ ބަނދަރެއް ނުވަތަ ރޭލުމަގެއް ނޯވެއެވެ. ތާރު އެޅި މަގުތަކާއި އެކްސްޕްރެސް މަގު ތަކުން މައްކާ ވަނީ ސައޫދީ އަރަބިއްޔާގެ އެހެން ޝަހަރުތަކާ ގުޅާލެވިފައެވެ. މި ޝަހަރުގައި ހުރި މަގުތައް ރަނގަޅެވެ. ގިނަ ހައްޖާޖީން ނުވަތަ ހައްޖުވެރިން މައްކާއަށް ވަންނަނީ ޖިއްދާގެ ހައްޖު ގިމަތައިންނެވެ. [1]

މައްކާ 1850މ. ވަނަ އަހަރު

މީހުން

މައްކާގެ އާބާދީގެ އަކަބުރަ ވަނީ ވަރަށް މަތިވެފައެވެ. އަހަރަކު ގާތް ގަނޑަކަށް 4 މިލިއަން މީހުން ހައްޖު ވުމަށް މައްކާ އަށް ޒިޔާރަތް ކުރެއެވެ. [1]

ސަރުކާރު

މައްކާގެ ގަވަރުނަރު ކަމަށް ބޭފުޅަކު ޢައްޔަން ކުރައްވަނީ ސައޫދީ ރަސްގެފާނެވެ. ޝަހަރުގެ މުނިސިޕަލިޓީ ހިންގެވުމަކީ އިންތިޚާބު ކުރެވިފައިވާ ސާދަ މެންބަރުންގެ މުނިސިޕަލް ކައުންސިލުގެ ޒިއްމާއެކެވެ. މައްކާއަކީ މަންޠިޤާ މައްކާގެ ވެރިރަށެވެ.[1]

އަމީރު ޢަބްދުލްމަޖީދު ބިން ޢަބްދުލްޢަޒީޒު 2007 ވަނަ އަހަރު އަވަހާރަ ވުމާ ހަމައަށް 2000 ވަނަ އަހަރުން ފެށިގެން މައްކާގެ ގަވަރުނަރަކަށް ހުންނެވީ އެމަނިކުފާނެވެ. [2]

ތާރީޚު

1787މ. ވަނަ އަހަރު ތުރުކީން ކުރަހާފައިވާ މައްކާގެ ޗާޓެއް

ކަޢުބާ އަކީ ހަތަރެސްކަން ކޮޑި ބައްޓަމަށް ހުރި ޢިމާރާތެކެވެ. މި ޢިމާރާތް ބިނާ ކުރެއްވީ އިބްރާހީމްގެފާނެވެ.

ގިނަ ތާރީޚު ޢިލްމުވެރިންވެސް އެއްބަސްވެވަޑައިގަންނަވާނެ ފަދައިން މުޙައްމަދުގެފާނުގެ ކުރީގެ އެތައް ޖީލެއްގެ މީހުންނަށް ވެސް މައްކާއަކީ ވިޔަފާރީގެ މަރުކަޒެއް އަދި ޒިޔާރަތެކެވެ. މައްކާމީހުންގެ ވިޔަފާރީގެ ފުޅާމިނަކީ ކޮބައި ކަމާ މެދު ވަރަށް ހޫނުކޮށް މިއަދުވެސް ބަހުސްކުރެވެމުން ދެއެވެ. ބައެއް ތާރީޚު ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި މައްކާއަކީ ވިޔަފާރީގެ ދަތުރުމަގެއްގެ މަތީގައި އޮތް ރަށެކެވެ. އެގޮތުން މިރަށުގެ ތެރެއިން ލާފައި ރޫމާނީ އަމްބަރާޠޫރިއްޔަތުގެ ރަށްތަކަށް މުދާ ގެންދެވިފައިވެއެވެ. އެހެން ނަމަވެސް ޕެޓްރީޝިއާ ކްރޯން އެކަމަނާ ލިއުއްވި މެއްކަން ޓްރޭޑް އެންޑް ދަ ރައިޒް އޮފް އިސްލާމް ގައި ބުނުއްވަނީ މައްކާގެ މީހުންނަކީ އާދައިގެ ކުދިވިޔަފާރިވެރިން ކަމުގައެވެ.

ޤުރުއާނާއި މުސްލިމް ތާރީޚީ ފަތްފުށްތައް ބުނާ ގޮތުން މުޙައްމަދުގެފާނު އުފަންވެވަޑައިގަތް އަހަރު ނުވަތަ އެއަހަރުގެ ކުރީ އަހަރު ކަމުގައިވާ 570މ. ވަނަ އަހަރު ޙަބުޝްކަރައިގެ ޔަކްސޫމީން އަބްރަހާގެ ޤިޔާދަތުގައި މައްކާއަށް ޙަމަލާދިނެވެ. މިމީހުންގެ ކިބައިން މައްކާ ސަލާމަތްވި ކަމަށް ބުނެވެނީ އަބާބީލު ދޫނިތަކެއް އައިސް ހިލައިގެ ވާރޭ އޮއްސުމާއި އެފަހުން އެމީހުންގެ ތެރޭގައި ޠާޢޫން ފެތުރުމުގެ ސަބަބުންނެވެ.

1880މ. ވަނަ އަހަރު ނަގާފައިވާ ކަޢުބާގެ ތަޞްވީރެއް

މިހާރުގެ ޙާލަތު

މި ޝަހަރުވަނީ މިދިޔަ ދަހަ ތަކުގެ ތެރޭގައި ވަރަށް ބޮޑުވެފައެވެ.

ޣައިރު މުސްލިމުންނާއި މައްކާ

ޣައިރު މުސްލިމުން މައްކާއަށް ވަނުމަކީ ހުއްދަކަމެއް ނޫނެވެ.

ޣައިރު މުސްލިމުންނަކަށް މައްކާއަކަށް ނުވަދެވޭނެއެވެ.

ހުކުރު ނަމާދަށް ފަހު ނަގާފައިވާ ކަޢުބާގެ މަންޒަރެއް

އިމްލާ

އިނގިރޭސި ބަހުން ލިޔާ އިރު މައްކާ ޢާއްމުކޮށް ލިޔެ އުޅެނީ (Mecca) މި ގޮތަށެވެ.

އިޤްތިޞާދު

މައިގަނޑު ގޮތެއްގައި މައްކާގެ އިޤްތިޞާދު ބިނާވެގެންވަނީ ވިޔަފާރީގެ މައްޗަށެވެ.

ޤަދީމީ ފަތްފުށް ތަކުގައި މައްކާ

ކުރީގެ ޔޫނާނީ ފަތްފުށްތަކުގައި މައްކާގެ ވާހަކަ އައިސްފައިވާ ކަމުގައި ވެއެވެ.

ތައުރާތު/ބައިބަލް

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބައްކާ

މުސްލިމުންގެ ތެރެއިން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި މައްކާގެ ވާހަކަ ޔަހޫދީންގެ ތައުރާތު/ނަޞާރާއިންގެ ބައިބަލް ގައި ލިޔެވިފައިވެއެވެ.

އިތުރަށް ބެއްލެވުމަށް

ޙާޝިޔާ

  1. 1.0 1.1 1.2 1.3 "މެއްކާ އެންޑް މެދީނާ". އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ. ފިފްޓީންއްތް އެޑިޝަން 23: 698-699. (2007). 
  2. އެސޯސިއޭޓެޑް ޕްރެސް (މޭ 7، 2007). އަމީރު ޢަބްދުލްމަޖީދު، މައްކާގެ ގަވަރުނަރު، 65 އަހަރުފުޅުގައި އަވަހާރަވެއްޖެ.

މަރްޖިޢުތައް

  • ރޮޒެންތާލް، ފްރޭންޒް; އިބްނި ޚަލްދޫން (1967). ދަ މުޤައްދިމާ: އެން އިންޓްރޮޑަކްޝަން ޓު ހިސްޓްރީ (Media notes). ޕްރިންސްޓަން ޔުނިވަރސިޓީ ޕްރެސް. ISBN 0-691-09797-6.{{cite AV media notes}}: CS1 maint: multiple names: authors list (link)

އިތުރު ފާލަންތައް