Jump to content

ހާރޓް އެޓޭކް ޖެހުން: Difference between revisions

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Content deleted Content added
No edit summary
ފޮޅުވަތް 4: ފޮޅުވަތް 4:
* '''ކާޑިއާ''' : ނިސްބަތް ކުރެވެނީ [[ހިތް]] އަށެވެ.
* '''ކާޑިއާ''' : ނިސްބަތް ކުރެވެނީ [[ހިތް]] އަށެވެ.
* '''އިންފަރކްޝަން''' : މާނައަކީ ލޭފޯރުކޮށް ނުދެވުމުގެ ސަބަބުން ޓިޝޫއެއް މަރުވުމެވެ.
* '''އިންފަރކްޝަން''' : މާނައަކީ ލޭފޯރުކޮށް ނުދެވުމުގެ ސަބަބުން ޓިޝޫއެއް މަރުވުމެވެ.
ހިތް ހުއްޓުން ނުވަތަ ހާރޓް އެޓޭކް އަކީ ހިތަށް ލޭގެންގޮސްދޭ ލޭހޮޅީގެ ތެރޭގައި އެތިކޮޅެއް ތާށިވެ، ހިތުގެ ވަކި ހިސާބަކަށް ގެންގޮސްދޭންޖެހޭ ލޭ ނުލިބުމުގެ ސަބަބުން ހިތުގެ ވިންދު ހުއްޓުމެވެ. ލޭނުލިބި ގިނައިރުވެގެންދާނަމަ ހިތުގެ މަސްތަކުގެ ވަކި ސަރަހައްދެއް ހަލާކުވުމަކީ ދިމާވެދާނެ މައްސަލަ އެކެވެ. ދިރާސާތަކުން ސާބިތުވާ ގޮތުގައި ހިތުގެ ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު 12 މިލިޔަން މީހުން މަރުވެއެވެ. ކުރިއަރާފައިވާ ގައުމުތަކުގައި މަރުވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަރުވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ.

ހިތް ހުއްޓިގެން މަރުވުމަކީ ވަކި އުމުރެއްގައި އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް އުމުރުން ދުވަސްވަމުންދާ ވަރަކަށް ދެޖިންސްގެ މެދުގައިވާ މިފަރަގު ނެތެމުންދާކަން ފާހަގަ ކުރެވެއެވެ.

== އަލާމާތްތަކާއި ނިޝާންތައް ==
== އަލާމާތްތަކާއި ނިޝާންތައް ==
ފޮޅުވަތް 13: ފޮޅުވަތް 15:
ފިރިހެނުންނާއި ޒުވާނުންނާއި އަޅާބަލާއިރު، އުމުރުން ދުވަސްވީ މުސްކުޅިންނާއި އަންހެނުންނަށް ހާރޓް އެޓޭކް ޖެހުމުން ފެންނަ އުދަގޫތައް ތަންކޮޅެއް ތަފާތެވެ. ނުވަތަ ހާރޓް އެޓޭކް ޖެހުމާއި ގުޅިގެން ފެންނަ ހަގީގީ ސިފަތައް މުޅިން ނުފެނި ( އަންހެނުންނާއި ދުވަސްވީ މީހުންގެ ކިބައިން ) މުޅިން ނުފެނި ހިގައިދާނެއެވެ. ހާރޓް އެޓޭކް ޖެހުމުން އަންހެނުންގެ ކިބައިން ފެންނަ އެންމެ އާންމު ޢަލާމާތްތަކަކީ [[ނޭވާ ކުރުވުން]]، ވަރުބަލިވުން، އަދި ވަރުދެރަވުން އެވެ. ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހާރޓް އެޓޭކް ޖެހުމުގެ މަސް ދުވަސްކުރިން، ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ނިދިނައުން ފަދަ އުދަގޫތައް އަންހެނުންނަށް ތަހައްމަލު ކުރަންޖެހެއެވެ.

ހާރޓް އެޓޭކް ޖެހޭ މީހުންގެ ތެރެއިން ½ މީހުންނަށް ހިތުގެ ބައެއް މަރުވެ ހަލާކުވުމުގެ ކުރިން އޭގެ ނުރައްކާތެރި ނިޝާންތައް (މޭގައި ރިހުން، މޭތެޅުން، ނޭވާކުރުވުން، ވަރުބަލިވުން ) ފެނިދެއެވެ. ހަމަމިހެން ހާރޓް އެޓޭކް ޖެހޭމީހުންގެ ¼ މީހުންނަށް އެކަން ކުރިމަތިވަނީ ހިމޭން ( އުދަގޫތައް މެދުވެރިވުމެއްނެތި) ކަމެއްގެ ގޮތުގައެވެ. މާނައަކީ އަލާމާތްތައް ފެނުމެއްނެތި ފުރަތަމަވެސް ހާރޓް އެޓޭކް ޖެހުމެވެ. ހާރޓް އެޓޭކް ޖެހުމުގެ ކުރިން އޭގެ އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން އާންމުކޮށް މެދުވެރިވަނީ އުމުރުން ދުވަސްވީ މީހުންނާއި، [[ހަކުރު ބަލި]]ގެ މީހުން، އަދި [[ހިތް ބަދަލުކުރުން]] ފަދަ އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނަށެވެ. ހިތް ބަދަލުކޮށްފައި ތިބޭމީހުންނަށް މިގޮތަށް ( އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން) ދިމާވަނީ ހަދިޔާ ކުރެވުނު [[ހިތް]] ގެ [[ފަތިނާރު]] ތައް [[ހިތް]] އިންދުނު މީހާގެ ހަށިގަނޑާއި ގުޅިފައިނުވާތީ އެވެ.

ހިތްހުއްޓުން ނުވަތަ ހާރޓް އެޓޭކްގެ އަލާމާތްތައް ގިނައެވެ. އަދި ތަފާތު ގޮތްގޮތަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވިފައި ވެއެވެ. އެއްފަހަރު ހާޓް އެޓޭކް ޖެހިފައިވާ މީހާއަށް ދެވަނަ ފަހަރަށް އެކަން ދިމާވުން ވެސް އެއީ ހާޓް އެޓޭކް އެއްކަން ފާހަގަ ނުކުރެވިދާނެ އެވެ. އާންމުގޮތެއްގައި ފެންނަ އަލާމާތްތަކަކީ:-

* މޭމަތީގެ މެދަށް ފިއްތާލާ ކަހަލަ ނުވަތަ މޭފުރިފައިވާ ކަމުގެ އިހްސާސްކުރެވުން : ތަދުގެ ސިފަތައް ތިރީގައި މިވަނީ އެވެ.
** މޭގައި ހުންނަ ތަދު ބައެއް ފަހަރު ދިލަނަގާ ކަހަލަ ތަދެއްގެ ގޮތުގައި ހުރެދާނެއެވެ.
** ނުވަތަ މެޔަށް އެއްޗެއް ހަރާލާ ކަހަލަ ތޫނު ތަދަކަށް ވެސް ވެދާނެ އެވެ.
** މެޔަށްވާ ތަދުގެ އަސަރު ކޮނޑު ހުޅަށާއި، އަތް، އަދި ކަރާއި ބުރަކަށްޓަށް ފެތުރިގެން ހިގައިދާނެއެވެ.
** މެޔަށްވާ ތަދުގެ އަސަރު ބައެއް ފަހަރު ދަތްދޮޅި އާއި ދަތްތަކަށް ވެސް ކޮށްދާނެއެވެ.
** މިތަދު ގިނަ ފަހަރު ހުންނާނީ (ދަތުރުކުރާނީ) ވައަތް ފަރާތަށެވެ. މާނައަކީ ވާތު މުލައްދަނޑި އަށާއި، ކަރުގެ ވާތްފަރާތް ފަދަ ހިސާބުތަކަށެވެ.
** މެޔަށްވާ ތަދު ދެތިން މިނިޓްތެރޭގައި ފިލައިގެން ގޮސްފައި އަނެއްކާވެސް އިރުކޮޅެއް ފަހުން އެނބުރިއައުމަކީ ވެދާނެ ގޮތެކެވެ. އަދި ތަދުވާ މިންވަރު އިތުރުވެގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
** މޭގެ ތަދު ނުފިލައި 30 މިނިޓްވަންދެން ހުރެއްޖެނަމަ އެތަދު އެންމެ އެކަށީގެންވަނި ހިތްހުއްޓުމުގެ އަލާމާތެއް ކަމުގައެވެ.
** ހަރަކާތްކޮށް ހެދުމުން މޭގެ ތަދު ބޮޑުވެފައި އަރާމުކުރުމުން އެތަދަށް ލުޔެއް ލިބޭނެއެވެ.

* މެޔަށް ތަދުވުމާއެކު މޭނުބައިކުރުން، ހޮނޑުލުން، ހިތްއަވަސްވުން(މޭތެޅުން)، ދާހިއްލުން
* ނޭވާކުރުވުން، އަދި ފުރިހަމަ ނޭވާއެއްލާން އުދަނގޫވުން
* މޫނުމައްޗަށް އަދިރިވުން، އަދި ހޭނެތުން

== ސަބަބު އަދި ފުރުޞަތު އިތުރުކުރާ ކަންތައްތައް ==
== ސަބަބު އަދި ފުރުޞަތު އިތުރުކުރާ ކަންތައްތައް ==
ހިތަށް ލޭގެންގޮސްދޭ ހޮޅިތައް ބަންދުވުމުގެ ސަބަބުން ހިތްހުއްޓިގެން މަރުވުން ސަބަބުވެރިކުރުވާ އެތައް ކަމެއް ވެއެވެ. އޭގެ ތެރޭގައި އެކަންކަމުން ދުރުވުމުގައި އަމިއްލަ އިޚްތިޔާރު ނެތްކަންކަމާއި، އަދި އެކަން ކަމުން ދުރުވުމުގައި އަމިއްލަ އިޚްތިޔާރު އޮންނަ ކަންކަން ހިމެނެއެވެ.

އިޚްތިޔާރު ނެތް ކަންތައްތަކުގެ ތެރޭގައި :-
* ޢުމުރު
* ޖިންސް
* ޢާއިލާގެ ތެރޭގައި ހިތުގެ ބަލިތައް ހުންނަ މިންވަރު

އިޚްތިޔާރު ލިބިގެންވާ ކަންތައްތަކުގެ ތެރޭގައި :-
* ދުންފަތުގެ އިސްތިއުމާލުކުރުން
* ހަކުރު ބަލި ހުންނަމީހުން އެކަމަށް އެކަށޭނަ ފަރުވާނުކުރުން
* ލޭމައްޗަށްދިއުން ހުންނަ މީހުން އެކަމަށް އެކަށޭނަ ފަރުވާނުކުރުމުގެ ސަބަބުން ލޭކޮންޓްރޯލްނުވުން
* ކޮލެސްޓްރޯލް މައްޗަށްދިއުން ހުންނަ މީޙުން އެކަމަށް އެކަށޭނަ ފަރުވާ ނުކުރުން
* ހަށިގަނޑު ފަލަވެގެންދާ ވަރަކަށް ދާންދޫކޮށްލުން

ހިތްހުއްޓިގެން މަރުވުމުގެ ރިސްކު އިތުރުކޮށްދޭ ކަންތައްތަކުގެ ތެރޭގައި :-
* ހިތްހަމަނުޖެހޭ އެކަހެރި ދިރިއުޅުމެއް އުޅެންޖެހުން
* ކަސްރަތުކުރުން ފަދަ ހަރަކާތްތަކާއި ދުރުހެލިވުން
* އަވަދިނެތި އަރާމެއްނެތި ޕްރެޝަރުގައި މަސައްކަތްކުރަން ޖެހުން
* ފަޔާއި އަތުގެ ލޭނާރުތަކުގެ ބަލިތަކަށް ބޭސްކުރަންޖެހުން
* އަނގަ އަދި ދަތްތަކުގެ ސާފުތާހިރުކަން ކުޑަވުން
* މަސްތުވާތަކެތި ބޭނުންކުރުން

===ފުރުޞަތު އިތުރުކުރާ ކަންތައްތައް ===
===ފުރުޞަތު އިތުރުކުރާ ކަންތައްތައް ===
ފޮޅުވަތް 24: ފޮޅުވަތް 64:
* އާއިލާގައި [[ހިތުގެ ބަލި]] ޖެހިފައިވާ މީހުން ތިބުން
* އާއިލާގައި [[ހިތުގެ ބަލި]] ޖެހިފައިވާ މީހުން ތިބުން
* [[ފަލަބަލި]] ޖެހިފައިވުން
* [[ފަލަބަލި]] ޖެހިފައިވުން
* އުމުރު: ފިރިހެނުންނަށް އާންމުކޮށް ހާރޓް އެޓޭކް ޖެހޭކަން ފާހަގަކުރެވިފައިވަނީ އުމުރުން 45 އަހަރުވުމަށް ފަހުގައެވެ. އަންހެނުންނަށް މިއުމުރު އުޅެނީ 55 އަަހަރުން މަތީގައެވެ.
* އުމުރު: ފިރިހެނުންނަށް އާންމުކޮށް ހާރޓް އެޓޭކް ޖެހޭކަން ފާހަގަކުރެވިފައިވަނީ އުމުރުން 45 އަހަރުވުމަށް ފަހުގައެވެ. އަންހެނުންނަށް މިއުމުރު އުޅެނީ 55 އަހަރުން މަތީގައެވެ.
* ލޭގައި ހޯމޯސިސްޓެއިން ގިނަވުން
* ލޭގައި ހޯމޯސިސްޓެއިން ގިނަވުން
* ހާސްވެކަންބޮޑުވުން ނުވަތަ ފިއްތުން ([[ސްޓްރެސް]]) ތަކުގެ ތެރޭގައި އުޅެންޖެހުން
* ހާސްވެކަންބޮޑުވުން ނުވަތަ ފިއްތުން ([[ސްޓްރެސް]]) ތަކުގެ ތެރޭގައި އުޅެންޖެހުން
ފޮޅުވަތް 30: ފޮޅުވަތް 70:
* ޖިންސް: އަންހެނުންނަށްވުރެ ފިރިހެނުންނަށް ހާރޓް އެޓޭކް ޖެހުން އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.
* ޖިންސް: އަންހެނުންނަށްވުރެ ފިރިހެނުންނަށް ހާރޓް އެޓޭކް ޖެހުން އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.

== ރައްކާތެރިވުން ==

[[Category:ބަލިތައް]]
[[Category:ބަލިތައް]]
[[ޤިސްމު:އެކަށޭނަ ލިޔުން]]
[[ޤިސްމު:އެކަށޭނަ ލިޔުން]]

11:06, 13 މާރޗް 2010ގެ ނުސްހާ

ހާޓް އެޓޭކް ޖެހުން(އިނގިރޭސި ބަހުން: Heart Attacks/myocardial infarction) އަކީ ހިތުގެ މަސްތަކަށް ދާއިމީ ސިފައެއްގައި ގެއްލުން ލިބުމެވެ. މެޑިކަލް ޓާރމެއްގެ ގޮތުން ހާޓް އެޓޭކް ޖެހުމަށް ބޭނުންކުރެވެނީ މެޔޯކާޑިއަލް އިންފަރކްޝަން އެވެ. ހާރޓް އެޓޭކް ޖެހެން ދިމާވަނީ ހިތަށް ލޭފޯރުކޮށްދޭ ލޭހޮޅިއެއް މުޅިން ބެދި، އޭގެ ސަބަބުން ހިތުގެ ބައެއް ހަލާކުވެގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ހާރޓް އެޓޭކް ޖެހެން މެދުވެރިވަނީ ހިތުގެ ބަޔަކަށް ލޭފޯރުކޮށްދިނުމުގައި ހުރަސް ތަކާއި ކުރިމަތިވެ، އެހިސާބަށް ލޭ ފޯރުކޮށްނުދިނުމުގެ ސަބަބުން އެހިސާބުގެ ސެލްތައް މަރުވެ ހަލާކުވުމުންނެވެ. އާންމު ގޮތެއްގައި މިހެން ދިމަވަނީ ހިތަށް ލޭފޯރުކޮށްދޭ މައިލޭހޮޅިއެއް ކަމުގައިވާ ކޮރޯނަރީ އާޓަރީ ބެދި، އެލޭހޮޅީގެ ތެރޭގައި(ލޭހޮޅީގެ ފާރުގައި) ސަރުބީ ( ކޮލެސްޓްރޯލް ) އަދި ލޭގެ ހުދު ސެލް (މެކްރަފޭޖް) ޖަމާވެގެން އުފެދިފައިވާ ކޮބަޑިގަނޑު ފަޅައިގެން ދިއުމުންނެވެ. ނަތީޖާއެއްގެ ގޮތުން އެހިސާބަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ދިނުމުގައި ހުރަސްތަކާއި ކުރިމަތިވެ، އެހިސާބުގެ ޓިޝޫތައް މަރުވެ ހަލާކުވެގެން ދެއެވެ.

މާނަ

  • މެޔޯ : މާނައަކީ މަސް ކޮޅު ނުވަތަ މަސްގަނޑު އެވެ.
  • ކާޑިއާ : ނިސްބަތް ކުރެވެނީ ހިތް އަށެވެ.
  • އިންފަރކްޝަން : މާނައަކީ ލޭފޯރުކޮށް ނުދެވުމުގެ ސަބަބުން ޓިޝޫއެއް މަރުވުމެވެ.

ހިތް ހުއްޓުން ނުވަތަ ހާރޓް އެޓޭކް އަކީ ހިތަށް ލޭގެންގޮސްދޭ ލޭހޮޅީގެ ތެރޭގައި އެތިކޮޅެއް ތާށިވެ، ހިތުގެ ވަކި ހިސާބަކަށް ގެންގޮސްދޭންޖެހޭ ލޭ ނުލިބުމުގެ ސަބަބުން ހިތުގެ ވިންދު ހުއްޓުމެވެ. ލޭނުލިބި ގިނައިރުވެގެންދާނަމަ ހިތުގެ މަސްތަކުގެ ވަކި ސަރަހައްދެއް ހަލާކުވުމަކީ ދިމާވެދާނެ މައްސަލަ އެކެވެ. ދިރާސާތަކުން ސާބިތުވާ ގޮތުގައި ހިތުގެ ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު 12 މިލިޔަން މީހުން މަރުވެއެވެ. ކުރިއަރާފައިވާ ގައުމުތަކުގައި މަރުވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަރުވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ.

ހިތް ހުއްޓިގެން މަރުވުމަކީ ވަކި އުމުރެއްގައި އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް އުމުރުން ދުވަސްވަމުންދާ ވަރަކަށް ދެޖިންސްގެ މެދުގައިވާ މިފަރަގު ނެތެމުންދާކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތަކާއި ނިޝާންތައް

ހާރޓް އެޓޭކް ޖެހުމުގެ އުދަގޫތައް ޢާންމުކޮށް ފެށިގެން އަންނަނީ މަޑުމަޑުން އިތުރުވަމުން އަންނަ އުދަގޫތަކެއްގެ ސިފައިގައެވެ. މަދުން ނަމަވެސް ކުއްލިއަކަށް ނުވަތަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުދަގޫތައް ކުރިމަތިވެ ނުރައްކާތެރި ދަރަޖައަކަށް މީހާގެ ޙާލަތު ގެންދެއެވެ. ހާރޓް އެޓޭކް ޖެހުމުން ފެންނަ އެންމެ އާންމު އެއް ޝަކުވާ އަކީ މޭގައި ރިހުން އެވެ. މިގޮތުން އުފެދޭ މޭގައި ރިހުމަކީ މެޔަށް އޮއްބައި، ވާންވެ، ފިއްތައި، ބާރުވާ ކަހަލަ ގޮތަކަށް ހުންނަ ތަދެކެވެ. ހިތުގެ މަސްތަކަށް އެކަށޭނަ ވަރަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ނުދެވުމުން ކުރިމަތިވާ ނުރައްކާތެރި މޭގައި ރިހުމަށް ކިޔަނީ އެންޖައިނާ ޕެކްޓޮރިސް އެވެ. ހާަރޓް އެޓޭކް އާއި ގުޅިގެން އުފެދޭ މޭގައި ރިހުން ޢާންމު ގޮެތެއްގައި ވާތު މުލައްދަނޑި އަށް ދަތުރުކުރެއެވެ. ނަމަވެސް ބައެއް ފަހަރު މިރިހުން ނުވަތަ ތަދު ދަތްދޮޅި، ކަރުދަށް، ކަނާތު މުލައްދަނޑި، ބުރަކަށި، އަދި މޭދަށަށް ފޯރުމަކީ ވެދާނެ ގޮތެކެވެ. މޭދަށަށް ތަދު ވާޞިލްވެއްޖެނަމަ މޭ އެންދުން އިހްސާސް ކުރެވޭނެ އެވެ. ހިތަށް ލިބޭ ގެއްލުމުގެ ސަބަބުން ވާތު ވެންޓްރިކަލް އިން ލޭ ޕަމްޕްކުރުން ވަކި ހައްދެއްގައި ހިފެހެއްޓިއްޖެނަމަ (އެކަށޭނަ ވަރަށް ލޭޕަމްޕުނުކުރާނަމަ ނުވަތަ ހިތުން ބޭރަށް ލޭފޮނުވައި ނުދޭނަމަ) ނޭވާ ކުރުވުން ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ވާތު ވެންޓްރިކަލް ގެ މަސައްކަތް ފޭލްވެ، ފުއްޕާމޭ ގައި ދިޔާތަކެތި ޖަމާވެ ފުއްޕާމޭ ފޮއްސިވުން ކުރިމަތި ވެއެވެ. ހާރޓް އެޓޭކް ޖެހުމުން ކުރިމަތިވާ އެހެން އުދަގޫތަކުގެ ތެރޭގައި މާގިނައިން ދާހިއްލުން، ވަރުބަލިވުން، ވަރުދެރަވުން، ބޯއެނބުރުން، މޭނުބައިކުރުން، ހޮނޑުލުން، އަދި ހިތުގެވިންދު އަވަސްވުން ނުވަތަ މޭތެޅުން ފަދަ އުދަގޫތައް ހިމެނެއެވެ. މިއުދަގޫތައް ކުރިމަތިވަނީ ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން ގިނަ އަދަދަކަށް ކެޓިކޮލަމީން ދޫކުރުމުންނެވެ. މިގޮތަށް ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން ކެޓިކޮލަމީން ދޫކުރަނީ މޭގައި ރިހުން އަދި ހިތުގެ މަސައްކަތަށް އަންނަ ބުރޫއެރުމުގެ ސަބަބުންނެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން ހޭނެތުން ( ސިކުނޑިއަށް އެކަށޭނަ ވަރަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ްނުދެވުމުން ) އަދި ކުއްލިއަކަށް މަރުވުން ( އެންމެ އާންމު ސަބަބަކީ ވެންޓްރިކިޔުލަރ ފިބްރިލޭޝަން ކިޔާ ހިތަށް މެދުވެރިވާ ޙާލަތެއް މެދުވެރިވުން ) ފަދަ ކަމެއް މެދުވެރިވުމަކީ ހާރޓް އެޓޭކް ޖެހުމާއި ވިދިގެން ވެދާނެ ގޮތެކެވެ. ފިރިހެނުންނާއި ޒުވާނުންނާއި އަޅާބަލާއިރު، އުމުރުން ދުވަސްވީ މުސްކުޅިންނާއި އަންހެނުންނަށް ހާރޓް އެޓޭކް ޖެހުމުން ފެންނަ އުދަގޫތައް ތަންކޮޅެއް ތަފާތެވެ. ނުވަތަ ހާރޓް އެޓޭކް ޖެހުމާއި ގުޅިގެން ފެންނަ ހަގީގީ ސިފަތައް މުޅިން ނުފެނި ( އަންހެނުންނާއި ދުވަސްވީ މީހުންގެ ކިބައިން ) މުޅިން ނުފެނި ހިގައިދާނެއެވެ. ހާރޓް އެޓޭކް ޖެހުމުން އަންހެނުންގެ ކިބައިން ފެންނަ އެންމެ އާންމު ޢަލާމާތްތަކަކީ ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ވަރުދެރަވުން އެވެ. ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހާރޓް އެޓޭކް ޖެހުމުގެ މަސް ދުވަސްކުރިން، ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ނިދިނައުން ފަދަ އުދަގޫތައް އަންހެނުންނަށް ތަހައްމަލު ކުރަންޖެހެއެވެ. ހާރޓް އެޓޭކް ޖެހޭ މީހުންގެ ތެރެއިން ½ މީހުންނަށް ހިތުގެ ބައެއް މަރުވެ ހަލާކުވުމުގެ ކުރިން އޭގެ ނުރައްކާތެރި ނިޝާންތައް (މޭގައި ރިހުން، މޭތެޅުން، ނޭވާކުރުވުން، ވަރުބަލިވުން ) ފެނިދެއެވެ. ހަމަމިހެން ހާރޓް އެޓޭކް ޖެހޭމީހުންގެ ¼ މީހުންނަށް އެކަން ކުރިމަތިވަނީ ހިމޭން ( އުދަގޫތައް މެދުވެރިވުމެއްނެތި) ކަމެއްގެ ގޮތުގައެވެ. މާނައަކީ އަލާމާތްތައް ފެނުމެއްނެތި ފުރަތަމަވެސް ހާރޓް އެޓޭކް ޖެހުމެވެ. ހާރޓް އެޓޭކް ޖެހުމުގެ ކުރިން އޭގެ އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން އާންމުކޮށް މެދުވެރިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ހަކުރު ބަލިގެ މީހުން، އަދި ހިތް ބަދަލުކުރުން ފަދަ އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނަށެވެ. ހިތް ބަދަލުކޮށްފައި ތިބޭމީހުންނަށް މިގޮތަށް ( އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން) ދިމާވަނީ ހަދިޔާ ކުރެވުނު ހިތް ގެ ފަތިނާރު ތައް ހިތް އިންދުނު މީހާގެ ހަށިގަނޑާއި ގުޅިފައިނުވާތީ އެވެ.

ހިތްހުއްޓުން ނުވަތަ ހާރޓް އެޓޭކްގެ އަލާމާތްތައް ގިނައެވެ. އަދި ތަފާތު ގޮތްގޮތަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވިފައި ވެއެވެ. އެއްފަހަރު ހާޓް އެޓޭކް ޖެހިފައިވާ މީހާއަށް ދެވަނަ ފަހަރަށް އެކަން ދިމާވުން ވެސް އެއީ ހާޓް އެޓޭކް އެއްކަން ފާހަގަ ނުކުރެވިދާނެ އެވެ. އާންމުގޮތެއްގައި ފެންނަ އަލާމާތްތަކަކީ:-

  • މޭމަތީގެ މެދަށް ފިއްތާލާ ކަހަލަ ނުވަތަ މޭފުރިފައިވާ ކަމުގެ އިހްސާސްކުރެވުން : ތަދުގެ ސިފަތައް ތިރީގައި މިވަނީ އެވެ.
    • މޭގައި ހުންނަ ތަދު ބައެއް ފަހަރު ދިލަނަގާ ކަހަލަ ތަދެއްގެ ގޮތުގައި ހުރެދާނެއެވެ.
    • ނުވަތަ މެޔަށް އެއްޗެއް ހަރާލާ ކަހަލަ ތޫނު ތަދަކަށް ވެސް ވެދާނެ އެވެ.
    • މެޔަށްވާ ތަދުގެ އަސަރު ކޮނޑު ހުޅަށާއި، އަތް، އަދި ކަރާއި ބުރަކަށްޓަށް ފެތުރިގެން ހިގައިދާނެއެވެ.
    • މެޔަށްވާ ތަދުގެ އަސަރު ބައެއް ފަހަރު ދަތްދޮޅި އާއި ދަތްތަކަށް ވެސް ކޮށްދާނެއެވެ.
    • މިތަދު ގިނަ ފަހަރު ހުންނާނީ (ދަތުރުކުރާނީ) ވައަތް ފަރާތަށެވެ. މާނައަކީ ވާތު މުލައްދަނޑި އަށާއި، ކަރުގެ ވާތްފަރާތް ފަދަ ހިސާބުތަކަށެވެ.
    • މެޔަށްވާ ތަދު ދެތިން މިނިޓްތެރޭގައި ފިލައިގެން ގޮސްފައި އަނެއްކާވެސް އިރުކޮޅެއް ފަހުން އެނބުރިއައުމަކީ ވެދާނެ ގޮތެކެވެ. އަދި ތަދުވާ މިންވަރު އިތުރުވެގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
    • މޭގެ ތަދު ނުފިލައި 30 މިނިޓްވަންދެން ހުރެއްޖެނަމަ އެތަދު އެންމެ އެކަށީގެންވަނި ހިތްހުއްޓުމުގެ އަލާމާތެއް ކަމުގައެވެ.
    • ހަރަކާތްކޮށް ހެދުމުން މޭގެ ތަދު ބޮޑުވެފައި އަރާމުކުރުމުން އެތަދަށް ލުޔެއް ލިބޭނެއެވެ.
  • މެޔަށް ތަދުވުމާއެކު މޭނުބައިކުރުން، ހޮނޑުލުން، ހިތްއަވަސްވުން(މޭތެޅުން)، ދާހިއްލުން
  • ނޭވާކުރުވުން، އަދި ފުރިހަމަ ނޭވާއެއްލާން އުދަނގޫވުން
  • މޫނުމައްޗަށް އަދިރިވުން، އަދި ހޭނެތުން

ސަބަބު އަދި ފުރުޞަތު އިތުރުކުރާ ކަންތައްތައް

ހިތަށް ލޭގެންގޮސްދޭ ހޮޅިތައް ބަންދުވުމުގެ ސަބަބުން ހިތްހުއްޓިގެން މަރުވުން ސަބަބުވެރިކުރުވާ އެތައް ކަމެއް ވެއެވެ. އޭގެ ތެރޭގައި އެކަންކަމުން ދުރުވުމުގައި އަމިއްލަ އިޚްތިޔާރު ނެތްކަންކަމާއި، އަދި އެކަން ކަމުން ދުރުވުމުގައި އަމިއްލަ އިޚްތިޔާރު އޮންނަ ކަންކަން ހިމެނެއެވެ.

އިޚްތިޔާރު ނެތް ކަންތައްތަކުގެ ތެރޭގައި :-

  • ޢުމުރު
  • ޖިންސް
  • ޢާއިލާގެ ތެރޭގައި ހިތުގެ ބަލިތައް ހުންނަ މިންވަރު

އިޚްތިޔާރު ލިބިގެންވާ ކަންތައްތަކުގެ ތެރޭގައި :-

  • ދުންފަތުގެ އިސްތިއުމާލުކުރުން
  • ހަކުރު ބަލި ހުންނަމީހުން އެކަމަށް އެކަށޭނަ ފަރުވާނުކުރުން
  • ލޭމައްޗަށްދިއުން ހުންނަ މީހުން އެކަމަށް އެކަށޭނަ ފަރުވާނުކުރުމުގެ ސަބަބުން ލޭކޮންޓްރޯލްނުވުން
  • ކޮލެސްޓްރޯލް މައްޗަށްދިއުން ހުންނަ މީޙުން އެކަމަށް އެކަށޭނަ ފަރުވާ ނުކުރުން
  • ހަށިގަނޑު ފަލަވެގެންދާ ވަރަކަށް ދާންދޫކޮށްލުން

ހިތްހުއްޓިގެން މަރުވުމުގެ ރިސްކު އިތުރުކޮށްދޭ ކަންތައްތަކުގެ ތެރޭގައި :-

  • ހިތްހަމަނުޖެހޭ އެކަހެރި ދިރިއުޅުމެއް އުޅެންޖެހުން
  • ކަސްރަތުކުރުން ފަދަ ހަރަކާތްތަކާއި ދުރުހެލިވުން
  • އަވަދިނެތި އަރާމެއްނެތި ޕްރެޝަރުގައި މަސައްކަތްކުރަން ޖެހުން
  • ފަޔާއި އަތުގެ ލޭނާރުތަކުގެ ބަލިތަކަށް ބޭސްކުރަންޖެހުން
  • އަނގަ އަދި ދަތްތަކުގެ ސާފުތާހިރުކަން ކުޑަވުން
  • މަސްތުވާތަކެތި ބޭނުންކުރުން

ފުރުޞަތު އިތުރުކުރާ ކަންތައްތައް

  • ހަކުރު ބަލި ޖެހުން
  • ދުންފަތުގެ އިސްތިޢުމާލުކުރުން
  • ލޭގައި ކޮލެސްޓްރޯލް ގިނަވުން : ޚާއްޞަކޮށް ލޭގައި ލިޕޯޕްރޮޓީން ގިނަވުން
  • ލޭމައްޗަށްދިއުން
  • އާއިލާގައި ހިތުގެ ބަލި ޖެހިފައިވާ މީހުން ތިބުން
  • ފަލަބަލި ޖެހިފައިވުން
  • އުމުރު: ފިރިހެނުންނަށް އާންމުކޮށް ހާރޓް އެޓޭކް ޖެހޭކަން ފާހަގަކުރެވިފައިވަނީ އުމުރުން 45 އަހަރުވުމަށް ފަހުގައެވެ. އަންހެނުންނަށް މިއުމުރު އުޅެނީ 55 އަހަރުން މަތީގައެވެ.
  • ލޭގައި ހޯމޯސިސްޓެއިން ގިނަވުން
  • ހާސްވެކަންބޮޑުވުން ނުވަތަ ފިއްތުން (ސްޓްރެސް) ތަކުގެ ތެރޭގައި އުޅެންޖެހުން
  • ބަނގުއާވި ބޭނުންކުރުން
  • ޖިންސް: އަންހެނުންނަށްވުރެ ފިރިހެނުންނަށް ހާރޓް އެޓޭކް ޖެހުން އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.

ރައްކާތެރިވުން