Jump to content

ހާރޓް އެޓޭކް ޖެހުން: Difference between revisions

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Content deleted Content added
ފޮޅުވަތް 32: ފޮޅުވަތް 32:


[[Category:ބަލިތައް]]
[[Category:ބަލިތައް]]
[[ޤިސްމު:އެކަށޭނަ ލިޔުން]]
[[ar:احتشاء عضل القلب]]
[[ar:احتشاء عضل القلب]]
[[bs:Infarkt miokarda]]
[[bs:Infarkt miokarda]]

19:27, 3 ޖެނުއަރީ 2010ގެ ނުސްހާ

ހާޓް އެޓޭކް ޖެހުން(އިނގިރޭސި ބަހުން: Heart Attacks/myocardial infarction) އަކީ ހިތުގެ މަސްތަކަށް ދާއިމީ ސިފައެއްގައި ގެއްލުން ލިބުމެވެ. މެޑިކަލް ޓާރމެއްގެ ގޮތުން ހާޓް އެޓޭކް ޖެހުމަށް ބޭނުންކުރެވެނީ މެޔޯކާޑިއަލް އިންފަރކްޝަން އެވެ. ހާރޓް އެޓޭކް ޖެހެން ދިމާވަނީ ހިތަށް ލޭފޯރުކޮށްދޭ ލޭހޮޅިއެއް މުޅިން ބެދި، އޭގެ ސަބަބުން ހިތުގެ ބައެއް ހަލާކުވެގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ހާރޓް އެޓޭކް ޖެހެން މެދުވެރިވަނީ ހިތުގެ ބަޔަކަށް ލޭފޯރުކޮށްދިނުމުގައި ހުރަސް ތަކާއި ކުރިމަތިވެ، އެހިސާބަށް ލޭ ފޯރުކޮށްނުދިނުމުގެ ސަބަބުން އެހިސާބުގެ ސެލްތައް މަރުވެ ހަލާކުވުމުންނެވެ. އާންމު ގޮތެއްގައި މިހެން ދިމަވަނީ ހިތަށް ލޭފޯރުކޮށްދޭ މައިލޭހޮޅިއެއް ކަމުގައިވާ ކޮރޯނަރީ އާޓަރީ ބެދި، އެލޭހޮޅީގެ ތެރޭގައި(ލޭހޮޅީގެ ފާރުގައި) ސަރުބީ ( ކޮލެސްޓްރޯލް ) އަދި ލޭގެ ހުދު ސެލް (މެކްރަފޭޖް) ޖަމާވެގެން އުފެދިފައިވާ ކޮބަޑިގަނޑު ފަޅައިގެން ދިއުމުންނެވެ. ނަތީޖާއެއްގެ ގޮތުން އެހިސާބަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ދިނުމުގައި ހުރަސްތަކާއި ކުރިމަތިވެ، އެހިސާބުގެ ޓިޝޫތައް މަރުވެ ހަލާކުވެގެން ދެއެވެ.

މާނަ

  • މެޔޯ : މާނައަކީ މަސް ކޮޅު ނުވަތަ މަސްގަނޑު އެވެ.
  • ކާޑިއާ : ނިސްބަތް ކުރެވެނީ ހިތް އަށެވެ.
  • އިންފަރކްޝަން : މާނައަކީ ލޭފޯރުކޮށް ނުދެވުމުގެ ސަބަބުން ޓިޝޫއެއް މަރުވުމެވެ.


އަލާމާތްތަކާއި ނިޝާންތައް

ހާރޓް އެޓޭކް ޖެހުމުގެ އުދަގޫތައް ޢާންމުކޮށް ފެށިގެން އަންނަނީ މަޑުމަޑުން އިތުރުވަމުން އަންނަ އުދަގޫތަކެއްގެ ސިފައިގައެވެ. މަދުން ނަމަވެސް ކުއްލިއަކަށް ނުވަތަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުދަގޫތައް ކުރިމަތިވެ ނުރައްކާތެރި ދަރަޖައަކަށް މީހާގެ ޙާލަތު ގެންދެއެވެ. ހާރޓް އެޓޭކް ޖެހުމުން ފެންނަ އެންމެ އާންމު އެއް ޝަކުވާ އަކީ މޭގައި ރިހުން އެވެ. މިގޮތުން އުފެދޭ މޭގައި ރިހުމަކީ މެޔަށް އޮއްބައި، ވާންވެ، ފިއްތައި، ބާރުވާ ކަހަލަ ގޮތަކަށް ހުންނަ ތަދެކެވެ. ހިތުގެ މަސްތަކަށް އެކަށޭނަ ވަރަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ނުދެވުމުން ކުރިމަތިވާ ނުރައްކާތެރި މޭގައި ރިހުމަށް ކިޔަނީ އެންޖައިނާ ޕެކްޓޮރިސް އެވެ. ހާަރޓް އެޓޭކް އާއި ގުޅިގެން އުފެދޭ މޭގައި ރިހުން ޢާންމު ގޮެތެއްގައި ވާތު މުލައްދަނޑި އަށް ދަތުރުކުރެއެވެ. ނަމަވެސް ބައެއް ފަހަރު މިރިހުން ނުވަތަ ތަދު ދަތްދޮޅި، ކަރުދަށް، ކަނާތު މުލައްދަނޑި، ބުރަކަށި، އަދި މޭދަށަށް ފޯރުމަކީ ވެދާނެ ގޮތެކެވެ. މޭދަށަށް ތަދު ވާޞިލްވެއްޖެނަމަ މޭ އެންދުން އިހްސާސް ކުރެވޭނެ އެވެ. ހިތަށް ލިބޭ ގެއްލުމުގެ ސަބަބުން ވާތު ވެންޓްރިކަލް އިން ލޭ ޕަމްޕްކުރުން ވަކި ހައްދެއްގައި ހިފެހެއްޓިއްޖެނަމަ (އެކަށޭނަ ވަރަށް ލޭޕަމްޕުނުކުރާނަމަ ނުވަތަ ހިތުން ބޭރަށް ލޭފޮނުވައި ނުދޭނަމަ) ނޭވާ ކުރުވުން ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ވާތު ވެންޓްރިކަލް ގެ މަސައްކަތް ފޭލްވެ، ފުއްޕާމޭ ގައި ދިޔާތަކެތި ޖަމާވެ ފުއްޕާމޭ ފޮއްސިވުން ކުރިމަތި ވެއެވެ. ހާރޓް އެޓޭކް ޖެހުމުން ކުރިމަތިވާ އެހެން އުދަގޫތަކުގެ ތެރޭގައި މާގިނައިން ދާހިއްލުން، ވަރުބަލިވުން، ވަރުދެރަވުން، ބޯއެނބުރުން، މޭނުބައިކުރުން، ހޮނޑުލުން، އަދި ހިތުގެވިންދު އަވަސްވުން ނުވަތަ މޭތެޅުން ފަދަ އުދަގޫތައް ހިމެނެއެވެ. މިއުދަގޫތައް ކުރިމަތިވަނީ ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން ގިނަ އަދަދަކަށް ކެޓިކޮލަމީން ދޫކުރުމުންނެވެ. މިގޮތަށް ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން ކެޓިކޮލަމީން ދޫކުރަނީ މޭގައި ރިހުން އަދި ހިތުގެ މަސައްކަތަށް އަންނަ ބުރޫއެރުމުގެ ސަބަބުންނެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން ހޭނެތުން ( ސިކުނޑިއަށް އެކަށޭނަ ވަރަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ްނުދެވުމުން ) އަދި ކުއްލިއަކަށް މަރުވުން ( އެންމެ އާންމު ސަބަބަކީ ވެންޓްރިކިޔުލަރ ފިބްރިލޭޝަން ކިޔާ ހިތަށް މެދުވެރިވާ ޙާލަތެއް މެދުވެރިވުން ) ފަދަ ކަމެއް މެދުވެރިވުމަކީ ހާރޓް އެޓޭކް ޖެހުމާއި ވިދިގެން ވެދާނެ ގޮތެކެވެ. ފިރިހެނުންނާއި ޒުވާނުންނާއި އަޅާބަލާއިރު، އުމުރުން ދުވަސްވީ މުސްކުޅިންނާއި އަންހެނުންނަށް ހާރޓް އެޓޭކް ޖެހުމުން ފެންނަ އުދަގޫތައް ތަންކޮޅެއް ތަފާތެވެ. ނުވަތަ ހާރޓް އެޓޭކް ޖެހުމާއި ގުޅިގެން ފެންނަ ހަގީގީ ސިފަތައް މުޅިން ނުފެނި ( އަންހެނުންނާއި ދުވަސްވީ މީހުންގެ ކިބައިން ) މުޅިން ނުފެނި ހިގައިދާނެއެވެ. ހާރޓް އެޓޭކް ޖެހުމުން އަންހެނުންގެ ކިބައިން ފެންނަ އެންމެ އާންމު ޢަލާމާތްތަކަކީ ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ވަރުދެރަވުން އެވެ. ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހާރޓް އެޓޭކް ޖެހުމުގެ މަސް ދުވަސްކުރިން، ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ނިދިނައުން ފަދަ އުދަގޫތައް އަންހެނުންނަށް ތަހައްމަލު ކުރަންޖެހެއެވެ. ހާރޓް އެޓޭކް ޖެހޭ މީހުންގެ ތެރެއިން ½ މީހުންނަށް ހިތުގެ ބައެއް މަރުވެ ހަލާކުވުމުގެ ކުރިން އޭގެ ނުރައްކާތެރި ނިޝާންތައް (މޭގައި ރިހުން، މޭތެޅުން، ނޭވާކުރުވުން، ވަރުބަލިވުން ) ފެނިދެއެވެ. ހަމަމިހެން ހާރޓް އެޓޭކް ޖެހޭމީހުންގެ ¼ މީހުންނަށް އެކަން ކުރިމަތިވަނީ ހިމޭން ( އުދަގޫތައް މެދުވެރިވުމެއްނެތި) ކަމެއްގެ ގޮތުގައެވެ. މާނައަކީ އަލާމާތްތައް ފެނުމެއްނެތި ފުރަތަމަވެސް ހާރޓް އެޓޭކް ޖެހުމެވެ. ހާރޓް އެޓޭކް ޖެހުމުގެ ކުރިން އޭގެ އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން އާންމުކޮށް މެދުވެރިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ހަކުރު ބަލިގެ މީހުން، އަދި ހިތް ބަދަލުކުރުން ފަދަ އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނަށެވެ. ހިތް ބަދަލުކޮށްފައި ތިބޭމީހުންނަށް މިގޮތަށް ( އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން) ދިމާވަނީ ހަދިޔާ ކުރެވުނު ހިތް ގެ ފަތިނާރު ތައް ހިތް އިންދުނު މީހާގެ ހަށިގަނޑާއި ގުޅިފައިނުވާތީ އެވެ.


ސަބަބު އަދި ފުރުޞަތު އިތުރުކުރާ ކަންތައްތައް

ފުރުޞަތު އިތުރުކުރާ ކަންތައްތައް

  • ހަކުރު ބަލި ޖެހުން
  • ދުންފަތުގެ އިސްތިޢުމާލުކުރުން
  • ލޭގައި ކޮލެސްޓްރޯލް ގިނަވުން : ޚާއްޞަކޮށް ލޭގައި ލިޕޯޕްރޮޓީން ގިނަވުން
  • ލޭމައްޗަށްދިއުން
  • އާއިލާގައި ހިތުގެ ބަލި ޖެހިފައިވާ މީހުން ތިބުން
  • ފަލަބަލި ޖެހިފައިވުން
  • އުމުރު: ފިރިހެނުންނަށް އާންމުކޮށް ހާރޓް އެޓޭކް ޖެހޭކަން ފާހަގަކުރެވިފައިވަނީ އުމުރުން 45 އަހަރުވުމަށް ފަހުގައެވެ. އަންހެނުންނަށް މިއުމުރު އުޅެނީ 55 އަަހަރުން މަތީގައެވެ.
  • ލޭގައި ހޯމޯސިސްޓެއިން ގިނަވުން
  • ހާސްވެކަންބޮޑުވުން ނުވަތަ ފިއްތުން (ސްޓްރެސް) ތަކުގެ ތެރޭގައި އުޅެންޖެހުން
  • ބަނގުއާވި ބޭނުންކުރުން
  • ޖިންސް: އަންހެނުންނަށްވުރެ ފިރިހެނުންނަށް ހާރޓް އެޓޭކް ޖެހުން އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.